ލިވިންގް އެކްސްޕޯ 2024 އޮގަސްޓު 8ކުން 11އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ. މިއީ ކޮންމެ އަހަރަކުވެސް ހައިރައިޒްގެ ފަރާތުން ބާއްވަމުން އަންނަ އިވެންޓެކެވެ.
އެޗްޑީއެފްސީއަކީ ރާއްޖޭގަ ހައުސިންގް ފަންޑް ކުރުމުގެ ގޮތުން ހާއްސަ ކުރެވިފައިވާ ހަމައެކަނި ކުންފުންޏެވެ. 2004ގައި ފެށިގެން އައި މި ކުންފުނި މިހާރު ވަނީ މިއެކްސްޕޯ ކަހަލަ އެކި އިވެންޓުތައް ސްޕޮންސާ ކޮށްފަ އެވެ.
ލިވިންގް އެކްސްޕޯގައި ރިއަލް އެސްޓޭޓްގެ ދާއިރާގައި މަސައްކަތް ކުރާ އެކި ކުންފުނިތަކުން ބައިވެރި ވެއެވެ. 2013އިން ފަށައިގެން ހިނގަމުން އަންނަ މި އެކްސްޕޯ އަކީ މި ދާއިރާގެ ހުރިހާ އިންވެސްޓަރުންވެސް ކުންފުނިތަކުން އިންތިޒާރު ކުރާ އިވެންޓެކެވެ.