ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީގެ ހަ އަހަރު ކުރިން މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި އަހަރުގެ ކުރީކޮޅުއެވެ. މުހައްމަދު އަނަސް، ފެންފިޔާޒުގޭ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ.
މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތް މީހުން
މި މީހުން އިސްތިއުނާފު މިއަދު ހައިކޯޓުގައި ފެށިއިރު، އެ މީހުން ބަންދުކުރަން ދައުލަތުންވަނީ އެދިފައެވެ. މިއަދު އިސްތިއުނާފް ޝަރީއަތް ފެށިއިރު، ދައުވާލިބޭ މީހުންގެ ތެރެއިން ބައެއް މީހުން ވަކީލުން ހަމަޖައްސާފައި ނެތުމުން، އެކަމަށް ހަފުތާއެއްގެ މުއްދަތެއް ދިނުމަށް އެ މީހުން އެދުނެވެ. އެހެންވެ، ފަނޑިޔާރުންގެ ބެންޗުން އެކަމަށް ފުރުސަތު ދެއްވި އެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެއީ ވަކީލުން ހަމަޖައްސަން ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވަކީލުން ނެތަސް، މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.