ads
އިމާން
ފިރިހެންކަމުން މައްސަލަ ޖެހުނު އެތްލީޓް ފައިނަލަށް
ފްރާންސްގެ ޕެރިހުގައި މިހާރު ހިނގަމުންގާ އޮލިމްޕިކް ގޭމްސްގައި، ހުންނަލެއް ފިރިހެން ކަމުން މައްސަލަ ބޮޑުވި، އަލްޖީރިއާގެ ބޮކްސިން ތެޅުންތެރިޔާ ފައިނަލަށް ހިނގައްޖެއެވެ.
Advertisement

އަލްޖީރިއާގެ ބޮކްސިން ޓީމުގައި ހިމެނޭ، އިމާން ޚަލީފް ނަމަކަށް ކިޔާ އެތްލީޓު ފައިނަލަށް ދިޔައީ، ޖަންޖޭމް ސުވާނާފެންގް ބަލިކޮށްގެނެވެ. ތައިލެންޑުގެ ޖަންޖޭމް ސުވާނާފެންގްއަކީ 2023 ވަނަ އަހަރުގެ ދުނިޔޭގެ ރިހި މެޑަލް ހޯދި އެތްލީޓެވެ.

ޖިންސު ކަށަވަރު ނުވާ އެތްލީޓެއްގެ ގޮތުގައި ރިޕޯޓްތައް އާއްމުވި، އިމާން ޚަލީފް މި ފަހަރު މަޝްހޫރުވީ އިޓަލީގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީ ކުޅުންތެރިޔާ މެޗު ދޫކޮށްލުމުންނެވެ. އޭގެ ފަހުން ގިނަ ބަޔަކު އަންނަނީ އިމާންއަށް އެކި ގޮތް ގޮތުން ފުރައްސާރަ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި އިމާޏް ޑިސްކޮލިފައިކޮށްފައި ވަނީ އަންހެން އިވެންޓްތަކުގައި ފިރިހެން އެކްސްވައި ކްރޮމޯސޯމް ހުންނަ އެތުލީޓުންނަށް ވާދަ ނުކުރެވޭ އިންޓަނޭޝަނަލް ބޮކްސިން އެސޯސިއޭޝަން (އައިބީއޭ) ގެ ޝަރުތާ ގުޅޭ ގަވާއިދުގެ ދަށުންނެވެ.

އައިއޯސީގެ ފްރޭމްވޯކް އޮން ފެއާނެސް، އިންކްލޫޝަން އެންޑް ނޮން ޑިސްކްރިމިނޭޝަން އޮން ދަ ބެސިސް އޮފް ޖެންޑަރ އައިޑެންޓިޓީ އެންޑް ސެކްސް ވޭރިއޭޝަންސްގައި ޑިފެރެންސް އޮފް ސެކްޝުއަލް ޑިސްއޯޑާ (ޑީއެސްޑީ) ޖެހިފައިވާ އެތުލީޓުން ހިމެނޭ ގޮތަށް ކުޅިވަރުގައި ހިމެނުމާއި އިންސާފުވެރިކަން ކަށަވަރުކުރުމާ ބެހޭ ގޮތުން ފެޑެރޭޝަންތަކަށް ގައިޑްލައިންތަކެއް ހުށަހަޅާފައިވެ އެވެ.

ޑީއެސްޑީއަކީ ޖީންތަކާއި ހޯމޯންތަކާއި ނަސްލީ ގުނަވަންތައް ހިމެނޭ މަދުން ނޫނީ ނުފެންނަ ހާލަތްތަކުގެ ގްރޫޕެކެވެ. ޑީއެސްޑީ ހުންނަ ބައެއް މީހުން ބޮޑުވަނީ އަންހެނުންގެ ގޮތުގައި ނަމަވެސް އެކްސްވައި ސެކްސް ކްރޮމޯސޯމްސް އާއި ލޭގައި ޓެސްޓޮސްޓިރޯންގެ މިންވަރު ފިރިހެނުންގެ ރޭންޖުގައި ހުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް