ads
ރައީސް ޑރ. މުއިއްޒާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް
ފްލެޓް ލިސްޓް އިވެލުއޭޓްކުރުމުގައި ކައުންސިލް ބައިވެރިކުރަން ވަނީ އަންގާފައި: ރައީސް
މިދިޔަ ސަރުކާރުން ދޫކުރި ފްލެޓް ތަކުގެ ލިސްޓު އިވަލުއޭޓް ކުރުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ ދައުރެއް އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މާކޭ ސިޓީ ކައުސިލް މެމްބަރުނާއި އެކު ބޭއްވި ބައްދަލުވުމުގައެވެ  

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ މާލެ ސިޓީގައި ވަރަށް ބޮޑު ކަމަށާއި އެކަމަށް ސަރުކާރުން މަސައްކަތްތަކެެއް ކުރަމުން އަންނަކަމަށެވެ. 

މާލެ ސިޓީގެ މައްސަލަތައް ހައްލުވާނީ މާލޭގެ ރައްޔިތުން ހޮވާފައިވާ ކައުންސިލުގެ ދައުރު އޮވެގެން ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.  

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދިން ފްލެޓް ލިސްޓު ލިސްޓު އިވެލުއޭޓްކުރުމުގައި އެންމެ ދެފުށް ފެންނަ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް ކައުންސިލުގެ ދައުރު އޮންނަ ގެންދަވާނެކަމަށެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލަރުންގެ ކޮމިޓީއެއް ނަންގަވައި ފްލެޓް ލިސްޓުތައް އިވަލުއޭޓް ކުރުމުގައި ކައުންސިލް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އަންގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިވެލުއޭޝަން މަސައްކަތްތައް ނިމިގެންދާނީ ކައުންސިލުގެ ދައުރެއް އޮވެގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

"ސަރުކާރުގެ ސިޔާސަތުގެ އެންމެ ބޮޑު އިސްކަމެއްދޭ ވައުދެއްގެ ގޮތުގައި ހިމަނާފައި މިއޮތީ ގެދޮރުގެ މައްސަލަ ހައްލު ކުރުން. އެހެންވީމާ މި މައްސަލަ މާލޭގައި ހައްލުވާއިރުގައި ހައްލު ކުރެވޭނީ މާލެ ސިޓީގެ ރައްޔިތުންގެ ފަރާތުން ހޮވާފައިވާ ކައުންސިލްގެ ދައުރު އޮވެގެން. އަޅުގަނޑު ބޭނުންވާ ގޮތަކީ ވެސް އެއީ." ރައީސް ވިދާޅުވިއެވެ.

ކުރިއަށް ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރަސްމާލެ، ހުޅުމާލެ، ގުޅީފަޅު، މާލޭ، ވިލިމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ހުރިހާ ދިމާލެއްގައި ފްލެޓް އެޅުމާއި ގޯތި ދިނުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. 

ފްލެޓް ލިސްޓު އިވަލުއޭޓް ކުރުމުގައި ގޭގެއަށް ގޮސް އެންމެ ހާލުގައި އުޅޭ މީހުން ބެލުމުގެ މަރުހަލާއަކީ މާލެ ސިޓީ ކައުންސިލުން ބައިވެރިވާ މަރުހަލާއަކަށް ވެއްޖެނަމަ ދެފުށް ފެންނަ ޖަވާބުދާރީވާން ފަސޭހަ ނިޒާމެއްގެ ތެރެއިން އެކަން ކުރެވިގެން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ  

ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޭ ފްލެޓްތަކުގެ 32 ޓަވަރުގެ ތެރެއިން ފުރަތަމަ 6 ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޯބަރަށް ނިމޭނެކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ނިމޭއިރަށް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މަސައްކަތް ނިމޭނެކަމަށް ވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް