ads
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
ވީ ވައުދާއި ސަރުކާރުން ވަނީ ހިލާފުވެފައި: ފައްޔާޒު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވީ ވައުދާއި ހިލާފުވެއްޖެ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ސުވާލުކުރައްވަން ފުރުސަތު ހޯއްދަވައިގެން ދެއްކެވި ވާހަކަފުޅުގައި ފައްޔާޒު ރޭ ވިދާޅުވީ މި ސަރުކާރުގައި އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ފެންނަން ނެތް ކަމަށާއި ވައުދުތައް ވާއިރު ކަނޑައެޅިގެން ބޮޑު ދޮގު ހެދުމަށް ފަހު ފަހުން އެހެން ނުބުނާކަމަށް ބުނަމުންދާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. 

އެގޮތުން ވަޒީފާ އިން މީހުން ވަކި ނުކުރާނެ ކަމަށް ބުނެ ވީ ވައުދާއި ވެސް ސަރުކާރުން ވަނީ ޚިލާފުވެފައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

"އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް މި ސަރުކާރުގައި ނެތް. އެއީ ހާރިޖީ ސިޔާސަތެއް ކަމަށް ވިޔަސް, ވައުދު ވުމުގައި ވެސް, ވައުދު ވެލަނީ ކަނޑައެޅިގެން ބޮޑު ދޮގު, ފަހުން ބުނަނީ އެހެނެއް ތިމަންނަ ނުބުނަމޭ, އެއީ އަސްލު ވާހަކައެއް ނޫނޭ," އެމްޑީޕީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންޑިއާ އާއި މެދު އަމަލުކުރީ ރަނގަޅަށް ނޫން ކަމަށާއި މި ސަރުކާރުން ދެ ފަހަރު ދެ އެއްޗެއް ކިޔާތީ ހާރިޖީ ސިޔާސަތު ބަލިކަށިވެފައިވާ ކަމަށާއި ނަތީޖާ އަކީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތެއް ވެސް ފެންނަން ނެތުން ކަމަށެވެ. 

އަދި ވިދާޅުވީ ފްލެޓްތަކާއި ގޯތިތައް ގޯސްކޮށް ދޫކޮށްފައި ހުއްޓަސް ނުނަގަނާމޭ ބުނެ ވީ ވައުދު ވެސް މިހާރު ސަރުކާރުން ހަދާން ނެތިއްޖެ ކަމަށެވެ.

your imageރޭ ބޭއްވި ޕެނަލްގައި. ސަރުކާރުގެ ސިޔާސަތެއް ނެތް ކަމަށް ވިދާޅުވެ ޕެނަލިސްޓުން ސަރުކާރަށް ފާޑުވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެމްޑީޕީ އިން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން ރޭގެ ޕެނަލްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވެސް ވަނީ ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ މަޖިލީހަށް ބިލު ފޮނުވަނީ ރައީސް އޮފީހުން ކަމަށާއި ބައެއް ބިލުތަކަށް ވާހަކަ ދައްކާނެ މެންބަރުން ވެސް ކަނޑައަޅަނީ ރައީސް އޮފީހުން ކަމަށެވެ.

"މަޖިލިސް މިހާރު ރައްޔިތުންގެ މަޖިލީހަކަށް ވުރެ ބޮޑަށް އަޅުގަނޑުމެންނަށް 20 ވަނަ މަޖިލިސް ތަފާތުކޮށް މި ފެންނަނީ ސަރުކާރު މަޖިލީހެއްގެ ގޮތުގައި. މަޖިލީހުގެ ކޮމެޓީތަކަށް މުގައްރިރުން ކަނޑައަޅަނީ ވެސް ރައީސް އޮފީހުން ރައީސުލްޖުމްހޫރިއްޔާ. އަދި އާދައިގެ މި ހުންނަ މަޖިލީހުގެ ފްރެންޑްޝިޕް ގްރޫޕުތަކަށް މީހުން ކަނޑައެޅުމުގައި ވެސް އެ ބާރު އެބަ އޮވޭ،" 19 ވަނަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި ޒިޔާދު ވިދާޅުވި އެވެ.

މީގެ ކުރިން 19 ވަނަ މަޖިލީހުގައި އޭރުގެ ސަރުކާރަށް މެޖޯރިޓީ އޮތް ނަމަވެސް މަޖިލީހުގެ މެންބަރުންގެ ފަރާތުން، އެ މެންބަރެއްގެ ދާއިރާއަށްޓަކައި ވާހަކަ ދައްކާތަން ފެނުނު ކަމަށާއި އެކަމަކު މި ސަރުކާރުގެ މެންބަރުންގެ ފަރާތުން އެފަދަ ކަމެއް ނުފެންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް