ads
ޓެކްސް އެޕީލް ޓްރައިބިއުނަލް: އެތަނުގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ރައީސަށް ލަފާ ދޭން ޖުޑިޝަރީ ކޮމެޓީން ވަނީ ފާސް ކޮށްފައި - ފޮޓޯ: ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރަން ލަފާދީފި
ޓެކްސް އެޕީލް ޓައިބިއުނަލްގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން ފާހަގަވެފައިވާތީ އެ ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށާއި އެ މެމްބަރުންގެ މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިިއަދު ފާސްކޮށްފި އެވެ.
Advertisement

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޓަރައިބިއުނަލްގެ މެންބަރު އިސްމާއިލް ސާޖިދެވެ. ސާޖިދު ކޮމެޓީއަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޮމެޓީން ވަނީ މެންބަރުން ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. އޭގެ ފަހުން ކޮމެޓީ މެންބަރުން ވަނީ ޓްރައިބިއުނަލްއަށް ގޮސް އެތަނުގެ ހާލަތު ވެސް ބަލާފަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ހުށަހެޅުއްވީ ކޮމިޓީގެ ސަމާލު ކަމަށް ތަނުގެ މައްސަލަތައް ގެނެސްދެއްވި މެންބަރު ސާޖިދު ފިޔަވައި އެ ޓްރައިބިއުނަލްގެ އެހެން މެންބަރުން ވަކިކުރުމަށެވެ.

"މިކަހަލަ މުއައްސަސާއެއްގައި ހުރި މައްސަލަތައް ހިފައިގެން އަންނަން ކެރޭނީ ވެސް ރަނގަޅު ނިޔަތެއް ހުރީމާ. އަޅުގަނޑުމެންގެ ނިންމުން އަންނަ ގޮތުން މިފަދަ މައްސަލަތައް އަޅުގަނޑުމެންނާ ހަމައަށް އައުން ވެސް ހުއްޓިގެން ގޮސްދާނެ،" އޭނާ ވިދާޅުވި އެވެ.

ކޮމެޓީން ބެލި މައްސަލައިގައި ދެން ނިންމާފައި ވަނީ އެ މީހުން ނުހައްގު މުއްސަނދިކަން ހޯދައި ހިންގި ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށާއި، މައްސަލަތައް ބަލާ ބެންޗު ވަކި ތަރުތީބަކުން އެކުލަވާލުމަށް އެތަނުގެ ގަވާއިދު އިސްލާހު ކުރުމަށް އެންގުމަށެވެ. 

އެގޮތަށް އަންގަން ނިންމާފައި ވަނީ، މިހާރު ގަވާއިދު އޮތް ގޮތުން މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދުގެ ކުޑަ ބޮޑުމިނަށް ބަލައި ޓްރައިބިއުނަލްގެ ރައީސަށް ބޭނުން ގޮތަކަށް ބެންޗު އެތުރުމުގެ ބާރު އޮތުމުން އެއީ އިންސާފުވެރި ގޮތަކަށް ނުވާތީ އެވެ.

ކޮމިޓީގެ ރިކަމެންޑޭޝަންތައް ވަނީ ޖުޑީޝަރީ ކޮމިޓީގެ އިއްތިފާގުން މިއަދު ފާސްކޮށްފަ އެވެ. ގާނޫނު އޮތް ގޮތުން، މަޖިލީހަކަށް އެ އިދާރާގެ މެންބަރުން ވަކިކުރުމުގެ ބާރެއް ނެތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް