ނަސްރުގެ 95 ވަނަ މެރަތަން ފުރިހަމަ ކުރީ މާޗް މަހު ތުރުކީގެ އަނަޓޯލިޔާގައި ބޭއްވި ރަން އަނަޓޯލިޔާ މެރަތަންގަ އެވެ. އެ މެރަތަންގައި ނަސްރު ބޭނުން ކުރި ޖޯޒީ ވެސް ހަނދާނެއްގެ ގޮތުގައި އޭނާ ވަނީ ނައިބު ރައީސަށް ހަދިޔާ ކޮށްފަ އެވެ. އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ، ނަސްރުގެ 80 ވަނަ މެރަންގެ މެޑަލް، 2022 ގައި އޭނާ ހަދިޔާ ކުރީ، އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށެވެ.
ނަސްރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ދުވުންތެރިޔާ އަށް ވުމެވެ.