ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވީ ދައުލަތުގެ ދަރަންޏާއި ހަރަދުގެ މާލީ ސިޔާސަތު އާންމު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް އެ ވުޒާރާގެ ވެބްސައިޓުންނާއި ގެޒެޓުން ފެންނަން ހުންނާނެކަމަށްވެސް ޝަފީގު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދަރަނީގެ ސްޓެރެޓެޖީ އަދި ފިސްކަލް ސްޓްރެޓެޖީއަކީ ރައްޔިތުންނަށް ތަފްސީލްކޮށް އެނގެން ޖެހޭ މައުލޫމާތައްކަމަށައި އެހެންކަމުން އެތަކެތި ސިއްރުކުރުމުގެ ނިޔަތެއް ނެތްކަމަށެވެ.
ދައުލަތުގެ ފިސްކަލް ސިޔާސަތުގެ ބަޔާނަކީ ދައުލަތުގެ ހަަރަދަށް ޒިންމާވުމުގެ ގާނޫނުގައިފައިވާގޮތުން ކޮންމެ އަހަރަކު އެއްފަހަރު އާއްމުކުރަން ޖެހޭ ބަޔާނެކެވެ. އެހެންނަމަވެސް މި ބަޔާން އާއްމުނުކުރަން ސަރުކާރުން ކުރިން ނިންމިއެވެ.