ވަޒީރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީޙުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުނުންނެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން ވަޒީރު ޝަފީގު ވިދާޅުވީ ޓެކްސްތައް ރިވިއުކުރުމުގެ މަސައްކަތް ރޭވިފައި އޮތަސް އެއްވެސް ޓެކްސްއެއް ބޮޑުކުރުމުގެ ވިސްނުން ނުގެން ގުޅުއްވާކަމަށެވެ. ޓެކްސްތައް އިތުރުކުރުމުގެ ބަދަލުގައި ސަރުކާރުން ވިސްނަނީ ޓެކްސް ދައްކާ ފަރާތްތައް ނުވަތަ ޓެކްސް ބޭސް އިތުރުކޮށްގެން ލިބޭ އާމްދަނީ އިތުރުކުރުން ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ޓެކްސްތައް ބޮޑު ނުކުރި ނަމަވެސް ޑޮލަރުން ބައެއް ފީތައް ބޮޑުކުރަން ބޭނުންވާ ކަމަށް ވަޒީރު ޝަފީގު ކޮމިޓީގައި ވިދާޅުވިއެވެ. އަދި އެކަން އެގޮތަށްކުރަނީ 2026 ގައި ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ބޭނުންވާ ޑޮލަރު ހޯދުމަށްކަމަށްވެސް ވަޒީރު ޝަފީގު ވިދާޅުވިއެވެ.