ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިހާރު ހިނގަމުންދާ ޔޫކްރޭން-ރަޝިއާ ހަނގުރާމައާއި ގުޅިގެން، ރަޝިއާގެ ކަރސްކް ސަރަހައްދަށް ނުރައްކާގެ ހާލަތު އޮތުމުން، މިނިސްޓްރިއާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ގެންދަނީ ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ގާތުން ބަލަމުން ކަމަށެވެ.
ފޮރިން މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.
ރަޝިއާގެ ކާސްކްގައި އޮތް ނުރައްކަލުގެ ހާލަތައި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެންބަސީއަށް ގުޅުއްވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;