އެންވަޔަރަމްންޓް މިނިސްޓްރީން މައުލޫމާތިދޭގޮތުގައި މިއަދު އެމްއޯޔޫ އެއްގައި ސޮއި ކުރީ އިސްތަންބޫލް މެޓްރޮޕޮލިޓަން މުނިސިޕަލްޓީ-އިސްތަންބޫލް ވޯޓާ އެންޑް ސެވަރޭޖް އެޑްމިނިސްޓްރޭޝަން އޮފް ރިޕަބްލިކް އޮފް ތުރުކީ އާއެކު އެވެ.
އެ އެމްއޯޔޫ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ ބޭނުމުގައި ވެވުނު އެއްބަސްވުމެއްކަަމަށް އެންވަޔަރަަމަނޓް މިނިސްޓްރީން ބުނެ އެވެ.
އޮންލައިންކޮށް ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު މި އެމްއޯޔޫ ގައި ރާއްޖޭގެ ފަރާތުން ސޮއި ކުރީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އަދި ތުރުކީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.
އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރު ވިދާޅުވީ މި އެމްއޯޔޫ އާއި އެކު އުންމީދު ކުރަނީ މި ފެނާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެފަރަތަށް ލިބިފައިވާ އިލްމާއި ތަޖުރިބާ ހިއްސާކުރުން އިތުރުވެ، ތުރުކީއަށާއި ރާއްޖެއަށް ފައިދާހުރި އެއްބަސްވުމަކަށް ވެގެންދާނެ ކަމަށެވެ.