ads
މާލޭ ސިޓީ ކައުންސިލުގެ އެސްޖީ ވަޖީހު ނަސީރު
ކައުންސިލްގައި ޒުވާބުކޮށް އެސްޖީ މަގާމުން ވަކިކޮށްފި
ކައުންސިލަރުންގެ މެދުގައި ބޮޑު ޒުވާބަކަށް ފަހު މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު މަގާމުން ވަކިކޮށްފިއެވެ.
Advertisement

ވަޖީހު ނަސީރު މަގާމުން ވަކިކުރަން ކައުންސިލަށް ހުށައެޅީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ. 

އޭނާ ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ކައުންސިލްގެ އެސްޖީގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކައުންސިލްގެ މަސައްކަތް ހުއްޓޭ ހިސާބަށް ގޮސްފައިވާކަމަށެވެ. އޭގެތެެރޭގައި ކައުންސިލަށް އަންނަ ސިޓީތަކަށް ޖަވާބުނުދީ އަދި މައްސަލަ ހިމެނޭ މުވައްޒަފުން ވަކި ނުކުރުމާއި، ކައުންސިލުން އެކި ފަރާތަކަށް ދައްކަންޖެހޭ ބިލުތަކަށް ފައިސާ ނުދެކުންވެސް ވަނީ އެސިޓީގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ހިމނާފައެވެ. 

މި ވާހަކަތަކަށް މޭޔަރު އާޒިމް ވަނީ ބައެއް ރައްދުވެސް ދެއްވާފައެވެ. އެގޮތުން ކަންސިލަރަކު އަންގާފައިވާ ކަމެއް ނުވެ އޮތްނަމަ އެކަން ސިދާ މޭޔަރަށް އެންގުމަށް އާޒިމް އެދިވަޑައިގަތެވެ. ސަބަބެއްކަމަށް ވިދާޅުވީ ކައުންސިލަރުންގެ ކަންކަން ބަލަހައްޓަން ޖެހޭ ފަރާތަކީ މޭޔަރުކަމަށް ވުމުންކަމަށެވެ. 

މީގެއިތުރުން ބިލްތަކަށް ފައިސާ ދޫނުކުރާ މައްސަލަގައި އާޒިމް ވިދާޅުވީ އެއްވެސް ލިޔެކިޔުމެއްގައި ސާފުކޮށް އެ ކަމެއް ކުރިކަން އެނގެން ނެތް ކަންކަމަށް ފައިސާ ދޫނުކުރެވޭނެކަމަށެވެ. 

" އެލްޖީއޭއިން މިކޮޅުގައި ހަދާ އޮޑިޓެއްގައިވެސް ބުނެފައި އެބައޮތް މިތަނުގައި އެއްޗެހި ގަތުމުގައި އަމަލުކޮށްފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ނޫނޭ...... މިސާލަކަށް އެއްވެސް ޑޮކިއުމަންޓެއް ނެތް ބިލްތަކެއް މި ތަނަށް ލީމާ އެއަކަށް ފައިސާއެއް ނުދެއްކޭނެ،" އާޒިމް ވިދާޅުވިއެވެ.

އެސްޖީ ވަކިކުރަން ހުށައެޅުމުން އޭނާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވިއެވެ. އެގޮތުން ކައުންސިލަރުންގެ އަތުގައި ބާރު އޮތްނަމަވެސް ލިޔުމުން ނަމަވެސް ޖަވާބުދާރީ ވުމަށް ފުރުސަތު ނުދީ ފިޔަވަޅު އެޅުން ރަނގަޅު ނޫންކަމަން ސައިފް ފާހަގަކުރެއްވިއެވެ. އަދި އޭނާގެ މި ހުށައެޅުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ތާއިދުކުރެއްވިއެވެ. 

ސައިފްގެ މި ވާހަތަކާއި ގުޅިގެން ކައުންސިލްގެ ބައްދަލުވުން ހޫނުވިއެ ވެ. ސައިފްގެ ވާހަކަތައް ރައްދުދެމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ނުރުހުންވެ ވިދާޅުވީ ކައުންސިލަރުންގެ އެއްވެސް ބާރެއް ނެތްކަމަށެވެ. އަދި މީ ކީއްކުރާ ބައެއްތޯ ބުނެ ސުވާލުކޮށް ކައުންސިލްގައި ޒުވާބަކަށް ދިޔައެވެ.  

އެސްޖީ ވަޖީހު ނަސީރު މަގާމުން ވަކިކުރީ މިއަދު ބައްދަލުވުމުގައި ނެގި ވޯޓްގެ މެޖޯރިޓީންނެވެ. މި ވޯޓްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސައިފް ފާތިހާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ބައިވެރިއެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް