ads
މެޑަމް ސާޖިދާ ގާލްގައިޑުންނާ ވާހަކަދައްކަވަނީ: އެ ކަމަނާ ވިދާޅުވީ ގާލްގައިޑުންގެ ފައިސާ ކުރިމަގުގައި ގައުމަށް ކުރާނެ ކަމަށް - ފޮޓޯ/ ރައީސް އޮފީސް
ގައުމަށް ރީތި ނަން ހޯދައިދިނުން އުފަލަކަށް ހަދަންޖެހޭ
ގައުމަށް ރީތި ނަން ހޯދައިދިނުމަކީ ކޮންމެ ކުއްޖެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށް ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ސްރީ ލަންކާގެ ކުރުނެގަލާގައި ބާއްވާ "ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕް" ގައި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑް ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާ ބައްދަލުކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ ގާލް ގައިޑް ހަރަކާތުން އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ އާއިލާތަކާއި މުޖުތަމައުން ކުރާ ކަމަށެވެ. އަދި އެކަމުގެ ފައިދާ އޮތީ މުޅި ގައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ކަމަނާ ވިދާޅުވީ، ގާލްގައިޑް ހަރަކާތްތަކުގެ އެންމެ ބޮޑު އެއް ބޭނުނަކީ ދިރިއުޅުމުގެ ހުނަރުތަކާއި ބައިނަލްއަގުވާމީ ގުޅުންތަކަށް އަހުލުވެރިކުރުވުން ކަމަށެވެ.

"ގާލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ ދަރިވަރުންތަކެއް ބިނާވަމުން އައުމަކީ ގައުމަށް ނުހަނު ބޭނުންތެރި ކަމެއް. އޭގެ ނަތީޖާއިން ކުރިމަގުގައި އާއިލީ ހަޔާތުންނާއި އިޖުތިމާއީ ހަޔާތުންނާއި ގައުމީ ހަޔާތުން ވެސް ފެންނާނެ ކަމެއް،" ސާޖިދާ ވިދާޅުވި އެވެ.

މީގެއިތުރުން ގާލްޑައިޑް ޙަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ އާއިލާތަކާއި މުޖުތަމައަށް އަދި މުޅި ގައުމަށްވެސް ކުރާނެކަން މެޑަމް ސާޖިދާ ފާހަގަކުރެއްވި އެވެ.

މި ޖަލްސާގައި މެޑަމް ސާޖިދާ ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވާފަ އެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް