ads
އޯކޭ ޒާހިރާއި ކުރީގެ ރަޢީސް މުހައްމަދު ނަޝީދު
އިސްލާހީ މަސައްކަތުގައި އުޅުއްވި އޯކޭ ޒާހިރު އަވަހާރަވެއްޖެ
ރާއްޖޭއަށް ޑިމޮކްރެޓިކް ބަދަލުތައް ގެނައުމުގައި ހަރަކާތުގައި އިސްސަފުގައި މަސައްކަތް ކުރެއްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަ ވެއްޖެ އެވެ.
Advertisement

ޒާހިރު އަވަހާރަވީ ލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރު އެވެ. ވިޔާފާރީގެ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޒާހިރު ދިރިއުޅުވަމުން ގެންދެވީ އަވައްޓަރި ލަންކާގަ އެވެ. 

ރައީސްް ނަޝީދުގެ ވެރިކަމުގައި ޒާހިރު ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ކުރައްވާފަ އެވެ. 

އިގްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން ދިވެހި ދައުލަތުން ދެއްވާ އާއްމު ޖހިދުމަތުގެ އިންނާމު 1993 ވަނަ އަހަރު މުހައްމަދު ޒާހިރު ވަނީ ލިބިވަޑައިގެންފަ އެވެ.

މުހަންމަދު ޒާހިރަކީ، ތަފާތު އެކިއެކި އިޤްތިސާދީ މަސައްކަތް ރާއްޖޭގައި ކުރެއްވޭތޯ ބައްލަވައި، އެމަސައްކަތް ކުރައްވި ބޭފުޅެކެވެ. އެ ގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ޑިޓަރޖެންޓް، އެއާފްރެޝްނާ ފަދަ އެއްޗެތި ރާއްޖޭގައި އުފެއްދެވި އެވެ. އޭގެތެރޭގައި ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް)، ވިމް ޕައުޑާ (ތިރުނަ ޕައުޑާ)، މޫނުގައި ޖަހާފުށް (ރެހެންދި ޓެލްކަމް ޕައުޑާ )، ބްލީޗިން ލިކުއިޑް (ފަސޭހަ ލިކުއިޑް)، އުއްބައްތި (ރީތިއަލި) ހިމެނެ އެވެ.

އަދި ރާއްޖެއިން ބޭރަށް ތަކެތި އެކްސްޕޯޓް ކުރުމުގައި ވެސް ޒާހިރަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޒާހިރު އެކްސްޕޯޓް ކުރައްވި ތަކެތީގެ ތެރޭގައި، މަހުގެ ބާވަތްތަކާއި، ހުއިފިލަނޑާ ހިމެނެ އެވެ. 

ޒާހިރު އަވަހާރަވިއިރު އަނބިކަނބަލަކާއި އި ނުވަ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް