އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ ބަލާ ފާސްކުރިއިރު އޭނާ އަތުން ޑްރަގްސް ފެނިފައިއެވެ. މީނާގެ ބަންދަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ.
މި މީހާއަކީ މީގެކުރިންވެސް ޑރްގްސް މައްސަލައެއްގައި ހައްޔަރުކުރި މީހެެކެވެ. އެ ފަހަރު އެ މައްސަލަ ފެންމަތިވުމުން އޭނާ ހުރި މަގާމުންވެސް ވަކިކުރިއެވެ.
އެހެންނަމަވެސް އޭނާ ވަނީ ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށައަޅާ އެ މައްސަލަ ކާމިޔާބުކޮށް އަލުން ވަޒީފާ ހޯދާފައެވެ.