ads
އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންތަކެއް ކުލާސް ރޫމެއްގައި
އައިޔޫއެމް އިން އައްޑޫ ސިޓީގައި ގުރުއާން ކޯސްތަކެއް ފަށަނީ
އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން އައްޑޫ ރައްޔިތުންނަށް އަމާޒުކޮށްގެން ގުރުއާން ކޯސްތަކެއް ފަށަން ނިންމައިފި އެވެ.
Advertisement

އައިޔޫއެމް އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އައްޑޫ ސިޓީ ހިތަދޫ އައުޓްރީޗް ސެންޓަރގައި ގިރާޔަތުލް ގުރުއާންގެ ސެޓްފިކެޓް 1 އަދި ގުރުއާން ހިފްޒުކުރުމުގެ ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ސެޓްފިކެޓް 1 އިން ގިރާޔަތުލް ގުރުއާން ކޯހުގެ މުއްދަތު އެއް ސެމިސްޓަރއަށް އޮތްއިރު، އިދާރީ ފީގެ ގޮތުގައި ދައްކާ 300 ރުފިޔާގެ އިތުރުން އެހެން އެއްވެސް ފީއެއް ދައްކަން ނުޖެހޭކަމަށް އައިޔޫއެމް އިންބުނެ އެވެ. އަދި ގުރުއާން ހިފްޒުކުރުމުގެ ކޯސް 6 އަހަރު ދުވަހުގެ މުއްދަކަށް ބަހައިލެވިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، ކޯސް ފީގެ ގޮތުގައި ޖުމްލަ 3،180 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އައިޔޫއެމް އިން އަންނަނީ އަތޮޅު ތެރޭގެ އެކި ރަށްރަށުގައި މަތީ ތައުލީމު ފުޅާކުރުމުގެ ގޮތުން، ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މިފަދަ އެތަށް ކޯހެއް ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް