ދިވެހިރާއްޖޭގެ 59ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި މި ހާއްސަ ދުވަހުގެ އުފާވެރި ރޫހު މުޖުތަމައު ތެރޭގައި ދިރުވާ އާލާކުރުމުގެ މަގްސަދުގައި ދިރާގުން ވަނީ ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ލޯންޗުކޮށްފައެވެ. އެގޮތުން މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް Minivan26 ހޭޝްޓެގާ އެކު ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި ހިއްސާކޮށްލައިގެން މި ކޮންޓެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ.
އަދި މީގެ ތެރެއިން ހޮވުނު ތިން ނަސީބުވެރިންގެ ތެރެއިން، ކޮންމެ ފަރާތަކަށް ވަނީ ފުޖިފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަދި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއް ލިބިފަ އެވެ.
އެގޮތުން މި ސޯޝަލް މީޑިއާ ކޮންޓެސްޓްގެ ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވަނީ އާމިނަތު ފަޒްލާ، އިސްމާއިލް ސައިމަން އަދި އާމިނަތު ލީލާ އެވެ.
ދިރާގުން އެކި މުނާސަބަތުތަކާ ގުޅުވައި މިފަދަ ސޯޝަލް މީޑިއާގައި ވެސް މިފަދަ ތަފާތު ސޯޝަލް މީޑިއާ ކޮންޓެސްޓުތައް ހިންގަ އެވެ.