ފަސް މެމްބަރުން ތިބޭ ޓްރައިބިއުނަލުން ވަކި ނުކުރަން ނިންމީ މެމްބަރު އިސްމާއީލް ސާޖިދުއެވެ. އޭނައަކީ އެ ޓްރައިބިުނަލުން ހިންގަމުންދިޔަ ބޮޑެތި ކޮރަޕްޝަންތައް މަޖިލީހުގެ ސަމާލުކަމަށް ގެނައި މެމްބަރެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އެ މައްސަލަ ބަލާ ޓްރައިބިއުނަލް ހަތަރު މެމްބަރަކު ވަކިކުރަން ރައީސަށް ލަފާ އަރުވަން ފެންނަކަމަށް ފާސްކުރީ 63 މެންބަރުން ވޯޓުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރަން ނިންމި މެމްބަރުން
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އޮންނަ ގޮތުން ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސްއެވެ.
.