ads
ކެނދިކުޅުދޫގައި ފުރަތަމަ ފަހަރަށް ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރަނީ - ފޮޓޯ: ކެނދިކުޅުދޫ ކައުންސިލް
ކެނދިކުޅުދޫގައި ފުރަތަމަ ފަހަރަށް ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރަނީ
ނ. ކެނދިކުޅުދޫގައި ފުރަތަމަ ފަހަރަށް ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރަން ސްޓާކެން ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
Advertisement

ކެދިކުޅުދޫ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ސްޓާކެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރު ސާމިހް މުހައްމަދު އެވެ. އަދި ކެނދިކުޅުދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް އެވެ.

ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފް "ސީއެންއެމް" އަށް މިއަދު ވިދާޅުވީ، ޓޫރިސްޓް ފެސިލިޓީ އަޅަން ހަމަޖެހިފައިވާ ބިމަކީ އެއް ހެކްޓަރުގެ ބިމެއް ކަމަށާއި، މި ބިން ކުއްޔަށް ދޫކޮށްފައި ވަނީ 50 އަހަރަށް ކަމަށެވެ. 

your imageކެނދިކުޅުދޫގައި ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރުމަށް ސްޓާކެން ކޮންސަލްޓިން ޕްރައިވެޑް ލިމިޓެޑާ ހަވާލުކުރުން - ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

ރައޫފް ވިދާޅުވީ، މި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ފެސިލިޓީގެ މަސައްކަތް ސްޓާކެން އާއި ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ. 

"އެ މީހުންގެ ވޯކްފޯސް މިހާރު ރަށުގަ ވަނީ. މި ފެސިލިޓީގެ އަމަލީ މަސައްކަތް މިހާރު ފެށުމަށް ތައްޔާރުވަމުން ދަނީ. ގުރޭސް ޕީރިއެޑް އެއް ގޮތަށް އެއްއަހަރު ދީފަ މިވަނީ. އެއް އަހަރުތެރޭ ނިންމާ ގޮތަށް." ރައޫފް ވިދާޅުވި އެވެ.

މި މަޝްރޫއުގެ މަސައްކަތް ކެނދިކުޅުދޫ ކައުންސިލުން ސްޓާކެން ކުންފުންޔާއި ހަވާލު ކޮށްފައި ވަނީ، 3302828 (ތިރީސްތިން މިލިޔަން ދެހާސްއައްސަތޭކަ އަށާވީސް) ރުފިޔާ އަށެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮތް ކެނދިކުޅުދޫއަކީ، ގުދުރަތީ ގޮތުން ރީތި ކަނޑޫފަލަކާއި ކުޅިއެއް އޮންނަ ރަށެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް