ކާށިދޫއިން ޑްރަގާއި އެކު ހައްޔަރުކޮށްފައިވަނީ އެރަށު ޝަބްނަމްގޭ އުމުރުން 37 އަހަރު ގާނިމް ސަލީމްއެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ ބަލާ ފާސްކުރިއިރު އޭނާ އަތުން ޑްރަގްސް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީނާގެ ބަންދަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ.
މި މީހާއަކީ މީގެކުރިންވެސް ޑރްގްސް މައްސަލައެއްގައި ހައްޔަރުކުރި މީހެެކެވެ. އެ ފަހަރު އެ މައްސަލަ ފެންމަތިވުމުން އޭނާ ހުރި މަގާމުންވެސް ވަކިކުރިއެވެ. އެހެންނަމަވެސް އޭނާ ވަނީ ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށައަޅާ އެ މައްސަލަ ކާމިޔާބުކޮށް އަލުން ވަޒީފާ ހޯދާފައެވެ.