ads
ރެޑް ކްރެސެންޓް ޕާޓްނާޝިޕް ދިރާގުން އާކޮށްފި
ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ ޖަމިއްޔާއިން ތައާރަފް ކޮށްފައިވާ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ޕާޓްނާޝިޕް ދިރާގުން 2024 – 2025 ވަނަ އަހަރަށް އާކޮށްފި އެވެ.
Advertisement

ދިރާގުން މީގެ ކުރިން ދިވެހި ރެޑް ކްރެސެންޓްގެ ކޯޕަރެޓް މެމްބަރެއްގެ ގޮތުގައި 2018 އިން 2022 ވަނަ އަހަރާއި ހަމައަށް ހަރަކާތްތެރިވެ، އެޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިވެހި ރެޑް ކްރެސެންޓްގެ "ޕާރޓްނަރސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ އެވެ.

ދިރާގުން ބުނީ، މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ. 

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވަނީ ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ދަރުމަވެރިން އިންސާނިއްޔަތަށްޓަކާ ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، މި މަސައްކަތުގައި ދިރާގުން އަބަދުވެސް އެއްބާރުލުންދޭނެކަން ޔަގީންކަން ދެއްވާފަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތްފުޅާ ކުރުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ފާހަގަކުރަމެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައި އައި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ޤާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް