ads
އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމާއި އެތަނުގެ އިސްވެރިން
ފައިސާ ހޯދަން ބާރެއް، ބަޖެޓެއް ނެތް، އީޕީއޭގެ ކަންބޮޑުވުން މަޖިލިހަށް
ތިމާވެއްޓަށް ެއެކި ގެއްލުންތައް ދީގެންކުރާ ޖޫރިމަނާތަކުގެ ފައިސާ ނުލިބި ދިގުލައިގެން ދިއުމުންވެސް އިތުރަށް އެއްވެސްކަމެއް ކުރުމުގެ ބާރެއް ނެތްކަމަށްް ބުނެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ތިމާވެއްޓަށް ގެއްލުންވާކަންކަމުގައި އީޕީއޭއަށް އޮތް ހަމައެކަނި ބާރަކީ ޖޫރިމަނާކުރުންކަމަށެވެ. އެހެންނަމަވެސް އެ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން ދެން ކުރެވޭނެ އެއްކަމެއްވެސް ނޯންނަކަން ނައީމު ވިދާޅުވިއެވެ. އެގޮތުން މައްސަލަ ހިފައިގެން ކޯޓަށް ދިއުމުގެ ބާރުވެސް އެ އިދާރާއަށް ލިބިފައި ނުވާކަން ނައީމު ފާހަގަކުރެއްވިއެވެ. 

ކުރާ ޖޫރިމަނާތަކަށް ފައިސާ ނުލިބި ދިގުލައިގެން ދިއުމުން އެ ފަދަ މައްސަލަތައް ބަންދާރަ ނައިބު އޮފީހަށް ފޮނުވުމުން އެ އޮފީހުގައިވެސް އެ މައްސަލަތައް މަޑުޖެހިފައި އޮންނަކަމަށްވެސް ނައީމު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާކަމަށްވެސް ނައީމް ވިދާޅުވިއެވެ.

" އީޕީއޭ އަށް މައްސަލަ ހިފައިގެން ކޯޓަށް ދެވެން ނޯވޭ. އެހެންވެ ލަސްވޭ، އޭޖީ އޮފީހުގައި ވެސް ވަރަށް ގިނަ ދުވަހު ޕާކުވެފައި އެބަ ހުރި. މީގެ ކުރިން އެބަހުރި ކޯޓަށް ދިއުމުގެ ކުރިން މިނިސްޓަރާ ހަމައިން އެޕީލްކޮށް، އެ ހިސާބުގައި މަޑުޖެހިފައިވެސް. އެެހެންވީމާ ވަރަށް ބޮޑެތި ދަތިތައް އާދޭ." ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އުޅަނދެއް ފަރަށް އަރައިގެން އެ ބޯޓު ޖޫރިމަނާކޮށް އެ ބޯޓް ގެނައި އެޖެންޓާއި ވަހަކަ ދައްކަމުން ދަނިކޮށް އެޖެނެޓް ބަދަލުވާ ފަހަރުވެސް އަންނަކަމަށެވެ. އަދި އެކަމުގެ ސަބަބުންވެސް ޖޫރިމަނާ ފައިސާ ލިބުން ދަތިވާކަންވެސް ނައީމް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިދިޔަ ދެތިން އަހަރުގެ ތެރޭގައި ފަރަށް ލިބުނު ގެއްލުމާ ގުޅިގެން ކުރި 37 ޖޫރިމަނާއަކުން 228 މިލިއަން ރުފިޔާ ދައުލަތަށް ހޯދައި ދީފައިވާނެކަމަށް ނައީމު ވިދަޅުވިއެވެ.

ނައީމް ވަނީ އީޕީއޭގެ ބަޖެޓަށްް އޮތް ދަތިކަމުން އެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރަން ދިމާވާ ދަތިތައްވެސް މަޖިލީހުގެ ކޮމެޓީއަށް ހިއްސާކޮށްފައެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި ނައީމު ފާހަގަކުރެއްވީ ބޯޓެއް ފަރަށް އަރައިގެން ފަރަށް ލިބޭ ގެއްލުން ބަލަން ޑައިވް ކުރުމާއި ފަރަށް އެރި ބޯޓު އޮތް ސަރަހައްދަށް ދަތުރުކުރުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ނެތުމެވެ. ނައީމު ވިދަޅުވީ މުވައްޒަފުންނަށް މުސާރަ ދީފައި ބަޖެޓްގައި އިތުރުކަމެެއް ކުރަން ފައިސާ ނުހުންނަކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް