ads
ދިރާގު ރޯޑް ރޭހުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލުން
ދިރާގު ރޯޑް ރޭހުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024 ގައި ބައިވެރިވުމަށް ރަޖިސްޓަރވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.
Advertisement

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައި ދިރާގުން ވަނީ 5K، 10K އަދި ހާފް މެރެތަން ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވާލާފައެވެ. 

މީގެ އިތުރުން ދިރާގުން ވަނީ މިއަހަރުގެ ޑީ.އެމް.އާރް.އާރްގައި މުޅިން އައު އޮފީސް/ރިސޯޓް ކެޓެގަރީއެއްވެސް ތައާރަފްކޮށްފައެވެ. ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް www.dmrr.mv މެދުވެރިކޮށް މިހާރު ރެޖިސްޓަރ ކުރެވޭނެއެވެ.

މި ރޭހަކީ ކޮންމެ އަހަރަކުވެސް ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތަކެއް ދެވިގެންދާ ރޭހެކެވެ. މިގޮތުން މިއަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ދިރާގުންވަނީ ނިންމާފައެވެ. 

ޑީ.އެމް.އާރް.އާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަންއެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

"ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ވާދަވެރި ދުވުމާއި ގިނަމީހުންގެ ބައިވެރިވުން ހިމެނޭގޮތަށް ދުވުމުގެ ސަގާފަތެއް ބިނާވެ ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން. މި ދުވުމުގެ 15ވަނަ ސިލްސިލާ މިފަހަރު ބޭއްވިގެންދާއިރު މުޅިން އަލަށް ތައާރަފްކުރެވޭ އޮފީސް/ރިސޯޓް ޓީމްކެޓެގަރީ ހިމަނާފައިވާނެ. މީގެ މަޤްސްދަކީ އޮފީސްތަކާއި ރިސޯޓްތަށް ޓީމެއްގެ ގޮތުގައި އެ މުއަށްސަސާގެ މުވަޒަފުންނަށް، ތަމްސީލިކުރުމުގެ ފުރުސަތު ވާދަވެރި މާހައުލެއްގައި ހުޅުވައިލުން." ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ޑީ.އެމް.އާރް.އާރް އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިންވެސް ބައިވެރިވެއެވެ. މިދިޔަ އަހަރު 27 ގައުމެއްގެ މީހުންވަނީ ޑީ.އެމް.އާރް.އާރްގައި ބައިވެރިވެފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީ.އެމް.އާރް.އާރް 2024 އަކީވެސް ދިރާގުގެ ސީ.އެސް.އާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯރސްކޮށްފައިވާ 12 އެން.ޖީ.އޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެއެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޕާޓުނަރ އެން.ޖީ.އޯތަކަށް ދިރާގުންވަނީ ޖުމްލަ 635،000 ރުފިޔާ ހަދިޔާ ކޮށްފައެވެ.

ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި  ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް