ބެންކޮކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ދިވެއްސަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

Advertisement
ބެންކޮކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ދިވެއްސަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބެންކޮކުގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ވީ ދެމީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެކަމުގައި އެހީތެރިވުމަށް ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުން ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ތައިލެންޑުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ބުނީ ދިވެހިން ދަތުރުކުރަމުން ދިޔަ ކާރެއް އެކްސިޑެންޓްވި ހާދިސާ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ އާއިލާއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.
އަދި އެކްސިޑެންޓާއި ގުޅިގެން ކުރިމަތިވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުންދޭ ކަމަށްވެސް އެމްބަސީން ވަނީ ބުނެއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މި ކާރު އެކްސިޑެންޓުވީ، ތައިލެންޑުގެ ސުވަރްނަބޫމީ އެއާޕޯޓުން، އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށް ކާރު ފުރޮޅާލައިގެންނެވެ. ބެންކޮކް ފުލުހުން ވަނީ ކާރު ދުއްވަން އިން ޑްރައިވަރު މިހާރު ހައްޔަރު ކޮށްފައެވެ.
ހާދިސާ ގައި އަނިޔާވި ތިން މީހުންނަކީ، ސ. ހުޅުދޫއަށް ނިސްބަތްވާ އަހުމަދު ސައީދާއި، މުހައްމަދު ސަބާހުގެ އިތުރުން އަހުމަދު ރަޝީދެވެ. މި ތިން މީހުންގެ ތެރެއިން އައިސީޔޫގައި އެޑްމިޓް ކޮށް ފަރުވާދެމުން ދަނީ ސ. ހުޅުދޫ ވައިޖެހޭގެެ، އުމުރުން 44 އަހަރުގެ އަހުމަދު ސައީދަށެވެ.