ޕީއެސްއެމްގެ އެމްޑީ ޒީނާ އިސްތިއުފާ ދީފި
އައިޝަތު ރަޝާ
24 އޯގަސްޓް 2024 - 17:51:24
ޕީއެސއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފި އެވެ.
"ސިއެންއެމް" އަށް މައުލޫމާތު ދެއްވަމުން ޒޭނާ ވިދާޅުވީ މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށާއި މިވަގުތަށް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރެވޭކަަށް ނެތް ކަަމަށެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމަށް ޒީނާ ޒާހިރު ޕްރައިބަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެންބަރު 28 ގައެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ޒީނާ ޒާހިރު ވަނީ މީޑިގެ ދާއިރާއާއި ގުޅިވަޑައިގަތީ 2006 ވަނަ އަހަރުއެވެ.
ސީނިއާ ރިޕޯޓަރެއްގެ ގޮތުގައި "މިއަދު ޑެއިލީ"ގައި މަސައްކަތްކުރެއްވުމަށް ފަހު، ބްރޯޑްކާސްޓިންގ ދާއިރާގައި ވީޑިއޯ ޖަރނަލިސްޓް/ޕްރެޒެންޓަރެއްގެ ގޮތުގައި 2007 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ތިންއަހަރަށްވުރެ ގިނަ ދުވަހު ޒީނާ ވަނީ ވީޓީވީގައި މަސައްކަތްކުރައްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް