އޭޖީ މިހެން ވިދާޅުވެފައި މިވަނީ ޑޮލަރުގެ ހާލަތު ދަށްވެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތުކުރަން ދީފައިވާ ލިމިޓްތަކަށް ބަދަލު ގެނެސްފައެވެ. އެހެންނަމަވެސް ފަހުން އެ ނިންމުން ބޭންކުން ބަދަލުކުރިއެވެ.
މިކަމާއި ގުޅިގެން ހަތަރު ވަޒީރުން ހިމެނޭގޮތަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭޖީ އަހްމަދު އުޝާމް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން ގާނޫނަށް ބަދަލުތައް ގެންނަން ނިންމާފައިވާކަމަށެވެ.
ބަންޑާރަ ނައިބު އުސާމް ވިދާޅުވީ ބަދަލު ގެންނަ ގާނޫނުތަކުގެ ތެރޭގައި ޕެންޝަނާ ބެހޭ ގާނޫނާއި އިންކަމް ޓެކްސްގެ ގާނޫނު ހިމެނޭކަމަށެވެ. އަދި މީގެ އިތުރުން މީރާގެ ކަލެކްޝަންގެ މަސައްކަތް ހަރުދަނާ ކުރުމަށް ގަވައިދުތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަންވެސް ކުރައްވާނެކަމަށް އުސާމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި މި މަސައްކަތް ނިންމާނެކަމަށެވެ.