އިންގްލޭންޑްގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ
ސްޕޯޓްސް ޓީމް
26 އޯގަސްޓް 2024 - 20:59:48
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު، ސްވެން ގޯރަން އެރިކްސަން، ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
އުމުރުން 76 އަހަރުގެ އެރިކްސަން މަރުވީ މިއަދުއެވެ. އެރިކްސަން މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އިންގްލެންޑަށް، 2001-2006 އަށް ކޯޗުކޮށްދިން އެރިކްސަންވަނީ އިންގްލެންޑް ގޮވައިގެން، ތިން ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. މިއީ، އިންގްލެންޑަށް އުފަން ނޫން ކޯޗަކަށް އެ ޓީމާ ހަވާލުވެ، ހުރެ ހާސިލްކުރެވުނު އެންމެ ރަނގަޅު ރެކޯޑެވެ.
އެރިކްސަންގެ ކާމިޔާބު ކޯޗިން ކެރިއަރުގައި އޭނާ ވަނީ 12 ކްލަބަށް ކޯޗުކޮށްދީފައެވެ. އެރިކްސަން، ކޯޗުކޮށްދިން ކްލަބްތަކުގެ ތެރޭގައި، މެންޗެސްޓާ ސިޓީ، ލާޒިއޯ، ރޯމާ އަދި ލެސްޓާ ސިޓީ ހިމެނެ އެވެ. ގައުމީ ޓީމުތަކަށް ބަލާއިރު، އިންގްލެންޑްގެ އިތުރުން، ފިލިޕީންސް، މެކްސިކޯ އަދި އައިވަރީ ކޯސްޓް ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް