ads
ކުޑަހުވަދޫގެ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަޝްރޫއު ނިންމައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު މިރޭ އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި ފެނަކައިގެ އެމްޑީ މުއާޒު
ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުން އިފުތިތާހުކޮށްފި
ރާއްޖޭގައި މުޅިން އަލަށް ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުން އިފުތިތާހުކޮށްފި އެވެ.
Advertisement

ކުޑަހުވަދޫގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

މިއީ ރާއްޖޭގެ ރަށެއްގެ ހުރިހާ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކޮށް، ކަރަންޓު ދޫކުރަން ފެށި ފުރަތަމަ ރަށެވެ. ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް، ނިންމައި މި ރަށުގެ ރައްޔިތުންނަށް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މީޓަރު ބޭނުންކުރުމަށް ހާއްސަ އެޕެއް ވެސް ތައާރަފް ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ގޭބިސީތަކުގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަށް ކުރިއަށްގެންދެވުނު މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް ގެނެވުނު އިންގިލާބީ ކުރިއެރުމެއްކަމަށެވެ. އަދި ވިދާޅުވީ މިއީ ކަރަންޓު ހެޔޮގޮތުގައި ބޭނުންކުރުމަށް ލިބޭ ބާރެއްކަމަށާއި މިމަޝްރޫއު އެއްކޮށް ނިމޭއިރު ކަރަންޓުގެ އަގުހެޔޮވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެނަކައިން ޗައިނާގެ ޑޮންގް ފަންކް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް އާއި ގުޅޭ ގޮތުން ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ފެނަކަ އިން މި ޕްރޮޖެކްޓް ކުރިއަށް ގެންދުއުމަށް ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ސްމާޓް މީޓަރާ އެކު، ކޮންމެ ދުވަހަކު ވެސް ކަރަންޓް ހޭދަކުރާ އަދަދު ބަލައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ފެނަކަ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ފެނަކައިން ބުނި ގޮތުގައި ސްމާޓް މީޓަރު ޕްރޮޖެކްޓް ފެނަކައިން ފެށީ 2022 ވަނަ އަހަރު ނަމަވެސް އޭރު ކުންފުނީގެ މެނޭޖްމަންޓުން އެ މަޝްރޫއު ހިންގަން އެ ކަށީގެންވާ އެއްބާރުލުމެއް ދީފައެއް ނުވެ އެވެ. އެހެންވެ، އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ. 

އެހެން ނަމަވެސް މިހާރުގެ މެނޭޖްމަންޓުން އަލުން އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައި މަސައްކަތްތައް ބާރަށް ފަށާފައިވާ ކަމަށް ފެނަކައިން ބުންޏެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް