ads
ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އުމްރާއަށް ފޮނުވުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ އުމްރާއަށް ދާ ހާފިޒް އަލީ ރައީފު އޭނާގެ މައިން ބަފައިންނާއިއެކު
ގުރުއާން ހިތުދަސްކުރުމުން އުމްރާއަށް ފޮނުވާ ފުރަތަމަ ހާފިޒަކީ ރައީފު
ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އުމްރާއަށް ފޮނުވުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ އުމްރާއަށް ދާ ހާފިޒަކަށް އަލީ ރައީފު ވެއްޖެއެވެ.
Advertisement

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އުމްރާއަށް ފޮނުވުމުގެ މަޝްރޫއު މިއަދު ވަނީ އިފްތިތާހުކޮށްފައެވެ. ޤުރުއާން ހިތުދަސް ކުރާ ފަރާތްތައް އުމްރާއަށް ފޮނުވުމުގެ ހަމަޖެހިފައިވާކަން އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން  އިއުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.

މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ އުމްރާ ދަތުރު ލިބުނީ އަލްހާފިޒް އަލީ ރައީފުއަށެވެ. އޯޓިޒަމް އެންމެ މަތީ ލެވެލްގައި ހުންނަ އަލީ ރައީފުއަކީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ ހިތުދަސްކޮށްފައިވާ ހާފިޒެކެވެ. އޭނާ ގުރުއާާން ހިތުދަސްކޮށްފައިވަނީ އާޔަތްތަކުގެ ނަމްބަރާއެކުއެވެ. 

އަލީ ރައީފު ގުރުއާން ހިތުދަސްކުރަން ފެށީ 500 ހާފިޒުންގެ ޕްރޮގްރާމްގެ ތެރެއިންނެވެ. 9 އަހަރުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށް އަލީ ރައީފު ކިޔާދިނީ މިއަހަރުގެ ފެބްރުއަރީމަހުގެ 14 ވަނދުވަހުއެވެ. އަދި ގުރުއާން ހިތުދަސްކޮސް ކިޔާދިނީ އެއްވެސް ކުށެއް ނުޖެހި 14 ދުވަހުގެ ތެރޭގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގުރުއާން ހިތުދަސްކުރާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ ޕްރޮގްރާމް ކުރިޔަށް ގެެންދަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކުކަމަށެވެ. އަދި  މިކަމަކީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ކުރާކަމެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް