ރައީސް އޮފީހުން ބުނީ، ރައީސާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ގައުމަށް އެނބުރި ވަޑައިގެންފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ، ވެރިކަންކުރާ ޕީއެންސީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހުގަ އެވެ.
ރައީސް ވަނީ އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބިވަޑައިގެންނެވި އަނިޔާއަކާ ގުޅިގެންނާއި، ފޮލޯއަޕަކަށް ޑޮކްޓަރަށް ދައްކަން ޖެހިވަޑައިގަންނަވާތީކަމަށް ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވިދާޅުވެފައި ވެ އެވެ.
މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައި ވެ އެވެ.