ads
ރާއްޖޭގައި ހުންނަވާ ރަޝިއާ ސަފީރު ލިވަން އެސް ޖަގަރްޔަން
ރަޝިޔާއާ ގުޅުވައިގެން މައުމޫން ކުރެއްވި ޕޯސްޓަށް ސަފީރުގެ ނުރުހުން
ރަޝިއާ އިން ޔުކްރޭނަށް ދޭ ހަމަލާތައް އދ.ގެ ސަލާމަތީ މަޖިލީހުން ކުށްވެރި ނުކުރާތީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އދ. އަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރާއްޖޭގައި ހުންނަވާ ރަޝިއާ ސަފީރު ލިވަން އެސް ޖަގަރްޔަން ނުރުހުންވެ މައުމޫނަށް ފާޑު ވިދާޅުވެއްޖެ އެވެ.
Advertisement

މައުމޫން އެކްސްގައި މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ބީބީސީއާ ހަވާލާދެއްވައި ވިދާޅުވެފައިވަނީ، މިދިޔަ ދެ ރޭގައިވެސް، ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި ނަމަވެސް އދ. އިން އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށެވެ.

"އދ.ގެ ސަލާމަތީ މަޖިލީސް އަދިވެސް އެބައޮތް ހެއްޔެވެ؟" މައުމޫނު ސުވާލު އުފައްދަވާފައިވެ އެވެ.

އެ ޕޯސްޓަށް ރައްދު ދެއްވައި، ރަޝިޔާ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ރަޝިޔާ އިން ޔުކްރެއިނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށަން ޖެހުނު ސަބަބު މައުމޫނަށް ހަނދާން ކޮށްދެއްވައިފަ އެވެ.

"ޔޫކްރޭންގެ ރައީސްގެ ސަބަބުން އެ ގައުމުގެ ދޮންބާސް ސަރަހައްދުން ގިނަ އަދަދެއްގެ އާންމުން މަރުވެދިޔަކަން މައުމޫނަށް ހަނދާންކޮށްދެން،" އެ ކަންކަމާ މެދު މައުމޫން ކަންބޮޑުވުން ފާޅުނުކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދަވަމުން ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން ތަފާތު ހަތަރު ފަހަރެއްގެ މަތިން ރަޝިޔާ އިން އިސްވެ ވަނީ ސުލްހަ ގާއިމުކުރުމަށް ހުށަހަޅައިފަ އެވެ. 

ނަމަވެސް، ކޮންމެ ފަހަރަކު އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި، ހަނގުރާމަ ހުއްޓާނުލަން ޔުކްރެއިންގެ ރައީސް ވްލަޑްމިއާ ޒެލެންސްކީއަށް ހިތްވަރުދީފައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ތަފާތުކުރުމުގެ ސަގާފަތަށް ތާއީދު ނުކުރަން އަޅުގަނޑު މައުމޫނަށް ގޮވާލަން،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވަނީ އިޒުރޭލުން ފަލަސްތީންގެ ގާޒާއަށް ދެމުންދާ ހަމަލަތަކާ ގުޅިގެން ރައްޔިތުންތަކެއް ތަހައްމަލް ކުރަމުންދާ ހިތްދަތިކަމުން ސަލާމަތް ކުރުމަށް އދގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރެއްވުމަށްވެސް މައުމޫނަށް ނަސޭހަތްތެރިވެފަ އެވެ.

ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް އަރައިގަނެ, ރަޝިޔާއިން އެ ސަރަޙައްދަށް އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރު އެވެ. އަދި, 2022 ފެބުރުވަރީ 24ވަނަ ދުވަހު ފެށި ހަނގުރާމައިގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުން 18 އިންސައްތައަށް ވެރިވެގަނެފަ އެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޒީޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެ އެވެ.

ބަދަލުގައި ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ ކުރްސުކް އަށް އަރައި ރައްދު ހަމަލާތައް ފުޅާ ކޮށްފައި އެވެ. ޔޫކްރެއިނުން ބުނީ, އެ ސަރަޙައްދުގެ 100އަށްވުރެ ގިނަ އަވަށަށް އަތްގަދަ ކޮށްފައިވާނެ ކަމަށާއި, ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދު 1,200 އަކަ ކިލޯމީޓަރަށް ބޮޑުކޮށްފައިވާ ކަމުގައެވެ. ކުރްސުކަށް އަރާފައިވާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖައްސަން ރަޝިޔާގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ފައުޖުގެ 4،000 ސިފައިން މަރާލާފައިވާ ކަމަށް ރަޝިއާއިން ބުނެފައިވެ އެވެ. ނަމަވެސް، ބާކީ އަދިވެސް 6،000 ސިފައިން ރަޝިއާގެ އެތެރޭގައި ތިބި ކަމަށްވެއެވެ.

ރަޝިއާގެ އެތެރޭގައި ޔުކްރެއިނުން ހިންގާ މި އޮޕަރޭޝަންގެ ބޭނުމަކީ ހަނގުރާމައިގައި ރަޝިއާއަށް މާއްދީ ގެއްލުންތަކެއް ލިބިގެންދާކަން ރަޝިއާގެ ރައްޔިތުންނައް ދައްކައިގެން ރަޝިއާގެ ރައްޔިތުން ލައްވައި ރައީސް ވްލަދިމިޔަރ ޕޫޓިންއަށް ފިއްތުންތައް ކުރިމަތި ކުރުވުމެވެ.

މި އޮޕަރޭޝަންގެ އަނެއް ބޭނުމަކީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތައް މިނިވަން ކުރުމުގައި ޔުކްރެއިން ތަކުރާރުކޮށް ނާކާމިޔާބުވެފައިވާތީ އެކަން ފޫބައްދައި ޔުކްރެއިންގެ ބާރު ގަދަކަން ދެއްކުމެވެ.

ނަމަވެސް މިއީ ނޭޓޯގެ ޓެކްޓިކަލް އޮޕަރޭޝަނެއް ކަމަށާއި މިއޮޕަރޭޝަން ނިމޭއިރު ޔުކްރެއިން ސިފައިންގެ ގޮތުގައި ރަޝިއާއަށް ވަދެގަތް ނޭޓޯ ސިފައިންގެ ދެހާހެެއްހާ ސިފައިން މަރުވެގެން ދާނެކަމަށް ރަޝިއާގެ އަސްކަރީ މުހައްލިލުން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް