ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އޮންނަ ގޮތުން ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސްއެވެ.
ޓެކްސް ޓްރައިބިއުނަލްގެ 4 މެމްބަރުން ވަކިކުރަން ރައްޔިޔުން މަޖިލީހުން ރައީސް މުއިއްޒަށް ލަފާއެރުވީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ ނިންމުމާއި އެއްގޮތަށް މަގާމުން ވަކިކުރިކަން ރައީސް އޮފީހުން މިއަދު ވަނީ އެ މެމްބަރުންނަށް އަންގާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރަން ނިންމި މެމްބަރުން
ފަސް މެމްބަރުން ތިބޭ ޓްރައިބިއުނަލުން ވަކި ނުކުރަން ނިންމީ މެމްބަރު އިސްމާއީލް ސާޖިދުއެވެ. އޭނައަކީ އެ ޓްރައިބިުނަލުން ހިންގަމުންދިޔަ ބޮޑެތި ކޮރަޕްޝަންތައް މަޖިލީހުގެ ސަމާލުކަމަށް ގެނައި މެމްބަރެވެ.
މިއަދު ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ:
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެޕްޓެންބަރު 17 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:00 އަށް، ރައީސް އޮފީހުންނެވެ