އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައު ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ތައްޔާރީތައްވުމަށް ފަހު، މިއަދު ރައީސް ވަނީ އެ ހުއްދަ ނިންމެވިކަން އިއުލާން ކުރައްވައިފަ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމެވީ "'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން" ގެ ފަރާތުން ރައީސަށް ކަންބޮޑުވުންތަކެއް ހުށަހެޅުމާ ގުޅިގެން ކަމަށެވެ.
އަދި ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ރައީސް ބައްދަލުކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.
މި ކަމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ދުނިޔޭގައި ރާއްޖޭގެ ކަނޑުމަހުގެ އަގަށް ނުރަނގަޅު އަސަރު ކުރުވީސް ކަމަށެވެ. އަދި މި ކަމުގައި ރައީސް މުޢިއްޒު ކަންތައް ކުރެއްވީ ރަނގަޅަށް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރާއްޖޭން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތަށް ދޮށީގެ މަސްވެރިކަން ކުރަމުން އަޔަސް ބޮޑެތި ފެކްޓަރީ ބޯޓު ފަހަރުގައި ކަނޑުގައި ގުޑިލާ ކޮންމެ އެއްޗެއް ބާނަމުން އަންނަ އީޔޫ އާއި އިނގިރޭސިވިލާތުން ރާއްޖޭގެ މަސް އިމްޕޯޓު ކުރަން ޑިއުޓީ ނަގާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަން ވެސް ބަދަލުވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ޖުމުލަ 18 ޖަމިއްޔާއެއް ގުޅިގެން އެ ގަވާއިދަށް ހިޔާލު ވެސް ހުށަހެޅި އެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމީ ނުވަ ނުކުތާއެއްގެ މައްޗަށް ބިނާކުރި އެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރީއާ ހިއްސާކުރި ފަހުންނެވެ.