އެމަނިކުފާނުން މިހެން ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖްލީހަށް ވަނުމުގެ ކުރިން ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއަދުގެ ވަޒީރުން ގެ މަޖިލީހުގައި ބައެއް އެސްއޯއީގެ ރިފޯމް މަސައްކަތްތައް އެެޖެންޑާކޮށްފައިވާކަމަށެވެ. އެގޮތުން އޭގެތެރޭގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން ނުނީ އެމްއޭސީއެލްއާ މާޖްކުރަން މަޝްވަރާކުރުން ހިމެނޭކަމަށެވެ.
މީގެއިތުރުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެއްކުރަން މަޝްވަރާކުރުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހަށް އެޖެންޑާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)އާ އެއްކުރަންވެސް މިއަދު މަޝްވަރާކުރައްވާނެކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުިއއްޒު ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކެކޭ އެއްގޮތަށް އިގުތިސާދު ސިންދަފާތުކުރަން އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފުކުރަން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރަންވެސް އެޖެންޑާކޮށްފައިވާކަމަށެވެ.
4 ބިލިއަނަށް ވުރެ ބޮޑު ދަރަންޏެއް އޮތް ފެނަކަ ކޯޕަރޭޝަން، ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން މިދިޔަ ހަފްތާގައި ވަޒީރުންގެ މަޖލީހުން ވަނީ ނިންމާފައެވެ.