އެމަނިކުފާނުން މިހެން ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހަށް ވަނުމުގެ ކުރިން ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ ބައެއް ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތަށް އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ކުރިއަށް ގެންދަން މިއަދު މަޝްވަރާކުރައްވާނެކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއަދުގެ ވަޒީރުން ގެ މަޖިލީހުގައި ބައެއް އެސްއޯއީގެ ރިފޯމް މަސައްކަތްތައް އެެޖެންޑާކޮށްފައިވާކަމަށެވެ.
އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމުތަކަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ހިންގަމުންދާ ޕްރޮގުރާމުތަކެކެވެ. އެގޮތުން ޔޫރަޕުގެ ގިނަ ގަައުމުތަކާއި އޭޝިޔާގެ ތަރައްގީވެފައިވާ ގައުމުތަކުގައި މި ޕްރޮގުރާމު އަންނަނީ ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި މޮލްޓާއާއި މޮނާކޯއާއި ހޮންކޮންގު ފަދަ ކުދި ގައުމުތައްވެސް ހިމެނެ އެވެ.