ads
އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ އާންމުންނަށް ވިއްކަން ސަރުކާރުން ވިސްނަމުންދާކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ވަޒީރުން މަޖިލީހުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައެވެ.

ވަޒީރުން މަޖިލީހުން ނިންމި ނިންމުތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކުންކަމަށެވެ. ރައީސްގެ މި ވިސްނުންފުޅަށް މަޝްވަރާކުރެވުނު ނަމަވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އެކަމަށް ގޮތެެއް ނިންމާފައި ނުވާކަމަށް ހައިދަރު ވިދާޅުވިއެވެ.

" މިއަދު ކެބިނެޓުގައި ނުނިންމެވި ނަމަވެސް، ރައީސް ވިސްނަވާފައި އޮތީ އެޗްޑީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏަކަށް ހަދަން، ޕަބްލިކް ލިމިޓެޑް ކޮމްޕެނީއެއް ގޮތަށް،" ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވަނީ މީގެފަހުން ސަރުކާރުގެ ހުރިހާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެފްޑީސީންކަމަށެވެ. އަދި އެޗްޑީސީ ވާނީ ސަރުކާރުން ތަރައްގީ ކުރަން ނިންމާ އާބަން ސެންޓަރުތައް ތަރައްގީކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރާނެ ކުންފުންޏަށްކަމަށް ހައިދަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް