ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ-
ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަށް ހައްލު ކޮށްދޭނެކަމުގެ ޔަގީންކަން އަރުވައިފި
ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތައް ގާތުން ބައްލަވައި ހައްލު ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

ރައީސް މިޔަޤީންކަން ދެއްވާފައިވަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއިއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެ ޔޫނިއަނުން މިއަދު ބުނެފައިވަނީ އެ ޔޫނިއަންގެ ހިންގާ ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާ ގެ އެދިލެއްވުމަށް މިއަދު ބައްދަލު ކުރި ކަމަށެވެ. އަދި ޖުމްލަކޮށް ކަންނެލި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމެއް ރައީސްއާ ހިއްސާ ކުރެވުނު ކަމަށް ބުނެފައިވެ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ އެ ޔޫނިއަންގެ ޑިމާންޑަށް ލޭނު އެޅުންހުއްޓާލަން ނިންމި ނިންމުމަށް މަރުހަބާ ދެންނެވި ކަމަށެވެ.

"އަދި ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަށް ހައްލު ގެނެސްދެއްވަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެންނެވި." ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވާއިރު މިސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑު އައްސަވާނެކަމަށް މި ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ.

މިއަދު މެންދުރު ފަހު ބީކޭއެމްޔޫގެ އިސް މެމްބަރުންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ނުވަތަ ގުޅޭ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ އެ ބައްދަލުވުމުގައި ރައީސްއާ ހިއްސާކުރި ކަމަށެވެ. އަދި މަސްކިރުމުގައި ހުރި ދަތިތަކާއި ދޯނިތަކަށް ހޯދަން ޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރެއްވި އެވެ. 

މިހާރު މަސްދޯނިފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫތައް ވެސް އެ ޖަމިއްޔާގެ މެމްބަރުން ފާހަގަކުރެއްވި އެވެ. އެ ބޭފުޅުން ވަނީ "ފްލޯ ޕްރައިސް"ގެ ދަށުން މަސް ވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައިދިނުމަށާއި ބޮޑުކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދެއްވުމަށް އަދި އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

އެ ބައްދަލުވުމުގައި ބީކޭއެމްޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވާލަން ސަރުކާރުން ކުރިން ނިންމި ނިންމުމަށް އަމަލުނުކުރާ ގޮތަށް ރައީސް ކަނޑައެޅުއްވުމުން އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް