މި އުސޫލު އާއްމުކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ވެބްސައިޓު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދިރިތި ޕޯޓަލްގައެވެ.
މި އުސޫލު އާއްމުކުރުމުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އުޅެ ފަރާތްތަކުން އެމްއެފްޑީއޭގެ ދިރިތި ޕޯޓަލް މެދުވެރިކޮށް ދަފުތަރުވާން ޖެހޭނެ އެވެ.
މި އުސޫލުގައި ހިމެނޭ އާއްމު ޝަރުތުތައް
މިއަދު އާއްމުކުރި އުސޫލުގައި ކާބޯތަކެތި އުފައްދާ ބަގޭގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ހިފާ ގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަން ޖެހޭ ޝަރުތަކާއި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ އާންމު ސާފުތާހިރުކަން ހުންނަންޖެހޭ ގޮަތާއި ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރާ ބާވަތަކާއި ކާބޯތަކެތި ރައްކާކުރުމާއި ގަނޑުފިލުވުމާއި ކުނި ނައްތާލުމާއި ޖަނަވާރާއި ސޫފާ ސޫފިން ރައްކާތެރިކުރުމާއި ކާބޯތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުމުގައި ގެންގުޅެންވީ ގޮތްތައް ވަނީ ހިމަނާފައެވެ.
އާއްމުން ކާބޯތަކެތި އުފައްދާ ވިއްކަންޖެހޭ އުސޫލެއް އެކުލަވާލާ ނެރެފައި މިވަނީ ދިވެހިން ވިއްކަން ކާބޯތަކެތި ހަދަމުން ދިޔަ ބިދޭސީންގެ މުޑުދާރު ބަދިގެ ތަކާއި އެމީހުން މަސައްކަތް ކުރަމުންދިޔަ ގޮތް އާއްމުވެ އެންމެނަށް ފެނުނުމުންނެވެ. އަދި ބުލާމަހުގައި ބިދޭސީއަކު ކާބޯތަކެތި ހަދާ ވިއްކިކަމުގެ ވާހަކަތައް ފެންމަތިވެސް ވެފައިވަނިކޮށެވެ.