ads
ރޯޑް ރޭހުގައި ކުޑަ ކުއްޖަކު ދުވަނީ
ދިރާގު ރޯޑް ރޭހަށް މި މަހުގެ 10 ކުރިން ރަޖިސްޓްރީކޮށްލައްވާ
ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024 ގައި 10 ސެޕްޓެންބަރު 2024 ގެ ކުރިން ރަޖިސްޓަރ ކުރެވޭނެއެވެ.
Advertisement

ރަޖިސްޓަރކުރަން ބޭނުން ފަސޭހަކަމާއެކު ރަޖިސްޓްރީކޮށް  www.dmrr.mvމެދުވެރިކޮށް އިތުރު މައުލޫމާތު ހޯދޭނެއެވެ. ޑީ.އެމް.އާރް.އާރް 2024 އަށް ރަޖިސްޓްރީވުން 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 23:59 ގައި ހަމަވާނެއެވެ. ޑީ.އެމް.އާރް.އާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަންއެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

މިއަހަރުގެ ޑީ.އެމް.އާރް.އާރްގައި ދިރާގުން ވަނީ މުޅިން އައު އޮފީސް އަދި ރިސޯޓް - 5K  ޓީމް އިވެންޓްއެވެ. އެގޮތުން މި ކެޓެގަރީގައި މުއައްސަސާތަކުގެ މުވައްޒަފުންނަށް 4 މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. ޓީމްތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ އަންހެން އަދި ފިރިހެން ބައިވެރިންނަށްވެސް ދުވެވޭނެއެވެ. އަދި މީގެ އިތުރުން ހާފް މެރެތަން، 10K އަދި 5K ގެ އިތުރުން ސްކޫލް 13 އަހަރުން ދަށުގެ 5K އަދި ސްކޫލް 13 އަހަރުން މަތީގެ 5K އަށްވެސް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީ.އެމް.އާރް.އާރް 2024 އަކީވެސް ދިރާގުގެ ސީ.އެސް.އާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯރސްކޮށްފައިވާ  12 އެން.ޖީ.އޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެއެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޕާޓުނަރ އެން.ޖީ.އޯތަކަށް ދިރާގުންވަނީ ޖުމްލަ 635،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި ރޭހަކީ ކޮންމެ އަހަރަކުވެސް ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތަކެއް ދެވިގެންދާ ރޭހެކެވެ. މިގޮތުން މިއަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ދިރާގުންވަނީ ނިންމާފައެވެ. 

ޑީ.އެމް.އާރް.އާރް އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް