ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑް ޑޮކިއުމެންޓް ވިއްކައިގެން ކަމަށެވެ.
ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 100 ޑޮލަރެވެ.
ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިން ރޫމްގައި އޮންނާނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 09:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިން ރޫމްގައެވެ.
އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ނަންބަރު 6862812 އަށް ގުޅައިގެން ނުވަތަ އީމެއިލް: [email protected] ކޮށްގެން މައުލޫމާތު ހޯދޭނެއެވެ.
ފުވައްމުލަކަކީ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ރަށެކެވެ. ފުވައްމުލަކުގައި 10 ވަރަކަށް ޑައިވިން ސްކޫލް ހިންގާއިރު، އެ ރަށް ކައިރިއަށް ޑައިވް ކުރުމަށް ވަރަށް ގިނަ ސަފާރީ އުޅަނދުތައް ދެ އެވެ.