ads
ފޮޓޯ: ފިނޭންސް
ސަރުކާރުން ކުންފުނިތަކަށް ފުރަތަމަ ތިން މަހު 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފި
ދައުލަތުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފުރަތަމަ ތިންމަހު 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
Advertisement

ކުންފުނި ހިންގުމަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން ފުރަތަމަ ތިންމަހު 1.3 ބިލިއަން ރުފިޔާ ހަރަދުކުރިިއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 9 އިންސައްތަ އިތުރު އަދަދެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 30 ކުންފުނީގެ ތެރެއިން 14 ކުންފުންޏަކަށް ފުރަތަމަ ކުއާޓާގައިވަނީ ގެއްލުން ވެފައެވެ.

ކުންފުނިތައް މޮނީޓާކުރާ ޕީސީބީ އާއްމު ހިސާބުތަކުން ދައްކާގޮތުން ކުންފުނި ހިންގުމަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށް އެންމެ ބޮޑު ދައުލަތުން ބަޖެޓުން ދޭން ޖެހުނީ އެޗްޑީސީއަށެވެ. އެކުންފުންޏަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާވަނީ ދީފައެވެ. 

ދެން އެންމެ ބޮޑު އަދަދެއް ދޫކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށެވެ. އެކުންފުންޏަށްް 28 މިލިއަން ރުފިޔާވަނީ ދައުލަތުގެ ބަޖެޓުން ދޫކޮށްފައެވެ. ތިންވަނައަށް އެންމެ ގިނައިން ބަޖެޓުން ފައިސާދިން އާރުޑީސީއަށް 24 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ވެމްކޯއަށް 13 މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް 10 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ދައުލަތުން ކުންފުނިތަކަށް ދޫކުރި ފައިސާ ދޫކުރިގޮތް 

  • 1.2 ބިލިއަން ރުފިޔާ (ކުންފުނިތައް މެދުވެރިކޮށް ދޭ ސަބްސިޑީއަށް)
  • 1.2 ބިލިއަން ރުފިޔާ ( ހިލޭ އެހީ ) 
  • 164 މިލިއަން ( ހިންގުމުގެ ހަރަދުތައް ހަމަޖައްސަން ) 

ކުންފުނިތަކަށް ދޫކުރި ސަބްޑީސީގެވެސް އެންމެ ބޮޑު އަދަދެއް ދިނީ އެޗްޑީސީއަށެވެ، ސަބްސިޑީގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 400 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދިން އެސްޓީއޯއަށްް ސަބްސިޑީގެ ގޮތުގައި 360 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ތިންވަނަ އެންމެ ބޮޑު އަދަދެއް ދިން ފެނަކައަށް ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ދީފައެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުރަމުން އަންނަ ،ަސައްކަތްތަކުގެ ދަށުން ބައެއް ކުންފުނިތައް އެއްކޮށްލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކޮށް ރީޖަނަލް އެއާޕޯޓްސް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އަދި އެޗްޑީސީގެ ދަށަށް އެފްޑީސީގެ ދަށަށް ބަދަލުކުރަންވެސް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް