މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ކުރިއަށްދާނީ ކްރޮސްރޯޑްސް ރިސޯޓުގައި މި މަހުގެ 22 އަދި 23 ވަނަ ދުވަހުއެވެ.
މިއީ އޭޝިއާގައި މި ބައްދަލުވުން ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި 21 ގައުމުގެ އޮފިޝަލުން ބައިވެރިވާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަަނީ ބުނެފަ އެވެ.
ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ގޭމްސްގައި ބައިވެރިވަމުން އައި ނަމަވެސް، 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެއަށް ގެއްލުނެވެ. 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަނުކުރެއެވެ.
ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާންކުރިއިރު، ރާއްޖޭން ވަނީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފައެވެ.