ads
ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓޮޕްޓެން ޖަލްސާ އަވަސްކުރީ ގިނަ ކުދިންނަށް ފުރުސަތުދޭން
މިދިޔަ އަަހަރުގެ އޭލެވެލުން އެންމެ މޮޅު ދަރިވަރުންނަށް އެވޯޑް ދިނުމަށް ބާއްވާ ޓޮޕްޓެން ޖަލްސާ އަވަސްކުރީ ގިނަ ކުދިންނަށް އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހޯދާދިނުމަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ޓޮޕްޓެން ޖަލްސާ ކުރިން ބާއްވަން ނިންމީ މިމަހުގެ 17 ވަނަދުވަހުއެވެ. އެ ގޮތަށް އެންގުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުއްލިގޮތަކަށް އެތާރީހު ބަދަލުކޮށް ޖަލްސާ މިމަހުގެ 12 ވަނަދުވަހު ބާއްވަން ނިންމިކަން ބެލެނިވެރިންނަށް އަންގާފައެވެ. 

މި ނިންމުމާއި ގުޅިގެން ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް އަތޮޅުތަކުން ޓޮޕްޓެންގައި ހިމެނުނު ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުމަކަށްވީ ކުރިން ދިން ތާރީހަށް މާލެ އަންނަން ޓިކެޓް ނަގާ ތަންތަން ކުއްޔަށް ހިފާ ހަރަދުތައް ކުރުމެވެ. އަދި ބައެއް ބެލެނިވެރިން ވަނީ މާލެ އަންނަން ޗުއްޓީވެސް ހަމަޖައްސާފައެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓޮޕް ޓެން ޖަލްސާ އަވަސްކުރަން ނިންމީ ގިނަ ކުދިންނަށް އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ. އެގޮތުން ގަދަ ދިހައެއްގައި ހިމެނުނު ބައެއް ކުދިންނަށް ބޭރުންގެ ޔުނިވާސިޓީތަކުން ޖާގަ ލިބި އެކުދިންގެ ކިޔެވުން ފެށޭތީ އެކަމުގެ ޝަކުވާ ލިބިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ގިނަ ކުދިންނަށް ބައިވެރިވޭ ދުވަހެއް ބަލާ އެދުވަހެއްގައި ޖަލްސާ ބާއްވަން އަވަސްކުރީކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

މިދިޔަ އަހަރު 2849 ދަރިވަރަކު ވަނީ އޭލެވެލް ހަދާފައެވެ. އޭގެތެރެއިން 375 ދަރިވަރުން ގަދަ 10ގައި ހިމެނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް