ads
މޯލްޑިވިއަންގެ ފްލައިޓުން ކާގޯ ރާއްޖެ ގެނެސްފައި---ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަންއިން 12 ޓަނުގެ ކާގޯ ރާއްޖެއަށް ގެނެސްފި
މޯލްޑިވިއަންގެ ކާގޯ ފްލައިޓުން 12 ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފި އެވެ.

މޯލްޑިވިއަނުން ބުނީ ރޭގެ ވަގުތެއްގައި ބެންކޮކުން 11323.3 ކިލޯ (12.48 ޓަނު)ގެ ކާގޯ ހިފައިގެން ރާއްޖެއަށް އެ އެއާލައިންގެ ފްލައިޓެއް އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސޭހައިން ހަލާކުވާ ޒާތުގެ މުދާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ އަދަދެއްގެ ގައުމުތަކުން ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ކާގޯ ފްލައިޓްތަކެއް ފަށާ، މުދާ ގެނައުމަށް ޗާޓާޑް ފްލައިޓް ހަމަޖެއްސުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ދީފަ އެވެ.

އޭގެ އިތުރުން ޗާޓާޑް ފްލައިޓްތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މިހާރު މޯލްޑިވިއަން އިން މުދާ އުފުލުމަށް ދަތުރުކުރާ މަންޒިލްތަކަކީ ކޮލޮމްބޯ، ޗެންނާއީ، ޓްރިވެންޑްރަމް އަދި ބެންކޮކްގެ އިތުރުން ދުބާއީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް