ads
އެމްއެމްއޭ
ރިޒާވަށް 11 ޕަސެންޓް ކުރިއެރުން، މިހާރު 444 މިލިއަން
މިދިޔަ އޯގަސްޓު މަހު ރާއްޖޭގެ ރަސްމީ ރިޒާވަށް 11 އިންސައްތަ ކުރިއެރުމެއް ލިބި، ހުރި ޑޮލަރުގެ އަދަދު 444 މިލިއަނަށް އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެވެ.
Advertisement

އެ އިދާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހު ރިޒާވުގައި ހުރީ 395 މިލިއަން ޑޮލަރެވެ. އެމްއެމްއޭއިން ބުނީ މިދިޔަ މަހުގެ ރިޒާވަށް 49 މިލިއަން ޑޮލަރު އިތުރުވެ އެ އަދަދުވަނީ 444 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ޖުލައި މަހު ޔޫސަބަލް ރިޒާވުގެ ގޮތުގައި ހުރީ 45 މިލިއަން ޑޮލަރެވެ. ޖުލައި މަހަކީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރިޒާވު އެންމެ ދަށްވި މަހެވެ. ރިޒާވް އިތުރުވުމާއި އެކު ޔޫޒަބަލް ރިޒާވަށްވެސް މިވަނީ ކުރިއެރުން އައިސްފައެވެ. އެގޮތުން ޔޫޒަބަލް ރިޒާވްވެސް ވަނީ 26 އިންސައްތަ އިތުރުވެފައެވެ. ޔޫޒަބަލް ރިޒާވްގައި މިވަގުތު ހުރީ 61 މިލިއަން ޑޮލަރެވެ.

އިތުރަށް ކިޔާލުމަށް: މި އަހަރު ރަސްމީ ރިޒާވު 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ: އެމްއެމްއޭ

މި އަހަރު ރަސްމީ ރިޒާވްގައި އެންމެ ގިނައިން ފައިސާ ހުރީ އެޕްރީލް މަހުގައެވެ. އެ މަހު 622 މިލިއަން ޑޮލަރަށް އެރިއެވެ. މިއަހަރު ފެށިއިރު ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް