މީގެ ކުރިންވެސް ސުލްތާނާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަދާކުރައްވާފައެވެ.
ކުރިން ސުލްތާނާ އެޖީ އޮފީހުގެ ޕީއެސްގެ ގޮތުގައި ހުންނެވީ 2012 އިން 2019 އަށެވެ.
ސުލްތާނާއަށްް ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޓާނީ ޖެނަރަލް އަހްމަދު އުޝާމު ބައިވެރިވެވަޑައިގެންނެވިއެވެ، ސުލާތާނާއާ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އެވެ.
ސުލްތާނާ އެންމެފަހުން ހުންނެވީ ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައެވެ.