ads
މިފްކޯއިން އުފައްދާފައިވާ ކަނޑުމަހުގެ ބައެއް އުފެއްދުންތައް ދައްކާލަނީ
މަސްވެރިކަމާ ގުޅޭ ހާއްސަ ބްރޭންޑް އުފައްދަން ހުޅުވާލައިފި
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް މާކެޓްކޮށް، ޕްރޮމޯޓްކުރަން ހާއްސަ ބްރޭންޑެއް ޑިވެލޮޕްކޮށް ދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއޯއާރްއެމްސީ) އިން ހުޅުވާލައިފި އެވެ.
Advertisement

މިމަސައްކަތަށް ހޮވާ އެޖެންސީގެ ފަރާތުން އެމްއެފްއޯއާރްއެމްސީއާ ގުޅިގެން ބްރޭންޑެއް އުފައްދާ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަހުގެ އުފެއްދުންތައް އިސްތިހާރުކުރުމުގެ މަސައްކަތްކުރުން ހިމެނެ އެވެ. 

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތުދިނުމުގެ ސެޝަން މިމަހުގެ 12ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 22ވަނަ ދުވަސްކަމަށްވެސް އެމްއެފްއޯއާރުއެމްޕީސީން ބުންޏެވެ.

ބައިނަލްއަގުވާމީ މަތީ ފަންތީގެ މާކެޓުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަކީވެސް މި ދިރާސާގެ މަގުސަދެކެވެ.

މީގެ އިތުރުން ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ހުރި އާ ފުރުސަތުތައް ދެނެގަތުންވެސް ހިމެނެ އެވެ.

ދިރާސާގެ އަލީގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބްރޭންޑް ނަމެއް އުފައްދަން ޖެހެ އެވެ. މީގެ އިތުރުން ބްރޭންޑް ނަމާއި ގުޅޭ އެނިމޭޓެޑް ވީޑިއޯއެއްވެސް ތައްޔާރުކުރަންޖެހެ އެވެ.

your imageމިފްކޯއިން އުފައްދާފައިވާ ކަނޑުމަހުގެ ބައެއް އުފެއްދުންތައް 

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ ބާޒާރުން ލިބޭ މަންފާ އިތުރުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" ނަމުގައި ކުންފުންޏެއް އުފައްދާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގަ އެވެ.

މި ކުންފުނި އުފެއްދެވުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއާކަލްޗަ އާއި މެރިކަލްޗަ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެ އެވެ. 

އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، ގައުމީ ބާޒާރާއި ބައިނަލްއަގްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުންވެސް ހިމެނެ އެވެ.

your imageމިފްކޯ މަސް ފިހާރަ

ރާއްޖޭގައި މިހާތަނަށް މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރަމުން އަންނަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިންނެވެ. އެ ކުންފުނިން މަސްވެރިންގެ އަތުން މަސްގަތުމާއި މަސް އެކްސްޕޯޓްކުރުމާއި އައިސް ދޫކުރުމުގެ އިތުރުން "ފެލިވަރު" ގެ ނަމުގައި މަހުގެ ތަފާތު އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް