ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއި ކުރައްވައި މިއަދު ނެރުއްވި ދެންނެވުމެއްގައި އެކަން ވަނީ އިއުލާންކޮށްފަ އެވެ.
ރައީސް އޮފީހުގެ ދެންނެވުމުގައި ބުނިގޮތުގައި ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ ބަދަލު މިހާރު ވަނީ ގެނެސްފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޭމް ހިންގަމުން އައީ އެންވަޔަރަންމަންޓަލް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު މަގާމުގެ ހުވާކުރެއްވުމަށް ފަހު، އިދާރާތަކުގެ މަސައްކަތްތައް އެކުލަވައިލިއިރު، ކޭމް ހިންގަން ކަނޑައެޅުއްވީ އަލަށް އުފެއްދި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށުންނެވެ.