ads
ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީގެ މަގާމަށް އައްޔަންކުރި ހިންނާ ހާލިދު
ޕީއެސްގެ މަގާމުން އިސްތިފާދެއްވި ހިންނައަށް ނައިބު ވަޒީރުކަން
ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ހިންނާ ހާލިދު އައްޔަންކޮށްފިއެވެ.
Advertisement

އޭނާ މި މަގާމަށް މި އައްޔަންްކުރީ ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީގެ މަގާމުގައި ހުންނެވުމަަށްފަހު އެ މަގާމުން އިސްތިއުފާދީފައި ވަނިކޮށެވެ. ހޯމް މިނިސްޓްރީގެ ޕީއެސްކަމުން ހިންނާ އިސްތިއުފާދެއްވީ މިދިޔަ ހޯމަދުވަހުއެވެ.  

ހޯމް މިނިސްޓްރީގެ ޕީއެސްކަމަށްް ހިންނާ ހާލިދު  އައްޔަންކުރީ މިިދިޔަ ޖޫންމަހުގެ 6 ވަަނަދުވަހުއެވެ. އެނގިފައިވާ ގޮތުގައި ހިންނާ ހޯމް މިނިސްޓްރީގެ ޕީއެސްފެ މަގާމުން އިސްތިއުފާދެއްވީ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވުމަށް ފަހުއެވެ.

ހިންނާ ހާލިދު މިހރު ވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައެވެ. ރައީސް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފޮރިން މިނިސްޓްރީގައި މިވަގުތުވެސް 4 ބޭފުޅަކު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވިއެވެ.

ހިންނާއަކީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ފުރަމުން އަންނަ ހައްވާ ޝިއުނާ ހާލިދު ދައްތައެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ހިންނާ ހާލިދު ހުރުމަށްފަހު މިިދިޔަ ރިޔާސީ އިންތިހާބު ވަރަށް ގާތްވެފައިވަނިކޮށް އޭނާވަނީ ޖޭޕީން ވަކިވެ އެމްޑީޕީއާ ގުޅިފައެވެ. 

މީގެ ކުރިން ހިންނާ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމުވެސް އަދާކޮށްފައެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމުވެސް ހިންނާ ވަނީ އަދާކޮށްފައެވެ. 

ސިޓީ ކައުންސިލްގެ އިސްވެރިޔާގެ މަގާމުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އިތުރު ގަޑީގެ ފައިސާ ހޯދި މައްސަލައެއް ސާބިތުވެ ސިވިލްކޯޓުން ވަނީ ގޭ ބަންދުގެ ހުކުމެއް އިއްވާފައެވެ. 6 މަސްދުވަހަށް ގޭ ބަންދަށް އިއްވި ހުކުމް ފަހުން ވަނީ ހައިކޯޓުން ބާތިލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް