ނޫސްވެރިކަމުގެ އެވޯޑު ދިނުން އަންނަމަހުގެ 28ގައި
މުހައްމަދު އާދަމް އަހްމަދު
11 ސެޕްޓެމްބަރ 2024 - 17:58:04
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގައި އެވޯޑު ދިނުމުގެ ހަފްލާ އަންނަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ބާއްވަން އެ ކައުންސިލުން ނިންމައިފިއެވެ.
އެމްއެމްސީން ބުނީ މިފަހަރުގެ އެވޯޑް ދިނުމުގެ ހަފްލާ އޮންނާނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައިކަމަށެވެ. މީ މި އެވޯޑް ދޭ 11 ވަނަ ފަހަރެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގައި އެވޯޑަށްް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 86 ހުށައެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެމްއެމްސީން ބުނީ 18 ދާއިރާއަކުން މި ފަހަރުގެ އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިކަމަށެވެ.
މިއަހަރު އެވޯޑް ކުރިމަތިލާން ހުޅުވާލި ދާއިރާތައް
- ތަހުގީގީ ނޫސްވެރިކަން
- އިޖުތިމާއި ދާއިރާ
- ސިއްހީ ދާއިރާ
- ޝަރުއީ އަދި ގާނޫނީ ދާއިރާ
- ވިޔަފާރިއާ އިގުތިސާދުގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޑޮކިމެންޓަރީ ދާއިރާ
- ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ
- ފީޗާ ރިޕޯޓްް
- ތާރީހާ ސަގާފަތުގެ ދާއިރާ
- މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެށްޓާއި ދެމެހެއްޓެނެވި ތަރައްްގީގެ ދާއިރާ
- އޯޑިއޯ ޖާނަލިޒަމް
- އުއްމީދީ ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ކަވަރޭޖް
- އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުން
އެމްއެމްސީން ބުނީ އެވޯޑަށްް ހުޅުވާލި ދާއިރާތަކުން ދެ ދާއިރާ ފިޔަވާ ހުރިހާ ދާއިރާއަކަށް ހުށައެޅުންތައް ލިބިފައިވާކަމަށެވެ. ހުށައެޅުންް ނުލިބެނީ އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއާ އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ ދާއިރާއަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް